more Quotes

Saturday, December 10, 2011

    ދިވެހި ޝަޚްޞިއްޔަތު ބިނާ ކުރުމުގެ މައުޟޫޢުގާ ދެން އޮތީ އަޅުގަޑުމެންގެ މާދަރީ ބަހާ ތާރީޚާއި ޘަގާފަތުގެ ވާހަކަ ދަންނަވާލުމެވެ. އަޅުގަޑު ބޮޑުވަމުން އައި ދުވަސްވަރު ދިވެހި ބަހުން ވާހަކަދައްކާ ލިޔެ އުޅޭ ތިން ގޮތެއް އޮވެއެވެ. އެެއިރަކީ ރާއްޖޭގަ ކުރިން އޮތް ރަސްކަމުގެ އެންމެ ފަހު އަހަރުތަކެވެ. އާދެ، އައްސުލްޠާން މުޙައްމަދު ފަރީދުލް ޢައްވަލްގެ ރަސްކަމުގެ ތެރެއެވެ. އޭރު ރަސްކަމުގެ ޢާއިލާގެ ބޭފުޅުންނާ އެބޭފުޅުންގެ ޢާއިލާގެ ބޭފުޅުންނަށާއި ދައުލަތުގެ އެންމެ މަތީ ދަރަޖައިގެ ވެރިންނަށް މުޚާޠަބު ކޮށް އުޅެނީ "އާދެ، ވަޑައިގަންނަވާ" ބަހުރުވައިންނެވެ. އެއާ ޖެހިގެން މުޖުތަމަޢުގެ އަދި ސަރުކާރުގެ މެދު ފަންތީގެ ވަޒީފާ ތަކުގަ ތިއްބެވި ބޭކަލުންނަށް "ލައްބަ، ދުރުވަން" ކިޔައިގެންނެވެ. އަދި، މުޖުތަމަޢުގެ އެންމެ ދަށުފަންތީގެ މީހުންނަށް "ހޫ، އަންނަން" ކިޔައިގެންނެވެ. މިއަދު އަޅުގަޑުމެން ދިރިއުޅެމުން މިދާ ޒަމާން ފަދަ އެންމެން ހަމަހަމަ ޒަމާނެއްގައި ބަޔާން ކުރަންވެސް އުދަގު ގޮތަކަށް އޮތް ކަމެކެވެ. އެހެން ނަމަވެސް، އެގޮތަށް ވާހަކަ ދައްކާ، ލިޔެކިޔާ އުޅުނު ދުވަހުވެސް ދިވެހި ބަހުގެ ގަވާޢިދުތަކެއް ހުއްޓެވެ. އަދި، އެގަވާޢިދުތައް އެންމެންވެސް ނަގަހައްޓާ ދެމެހެއްޓިއެވެ. އެކަކު އަނެކަކާ މުޚާޠަބުކޮށް އުޅުމުގައިވެސް، އަމިއްލަވަންތަ ހަރުދަނާ ޝަޚުޞިއްޔަތު ހަމަ ކޮންމެ ދިވެއްސެއްގައިވެސް ދައްކައިދިނެވެ.

      ރަސްކަމުގެ ދުވަސްތައް ނިމިގެން ގޮސް ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށްފަހު ކުރިން އަޅުގަޑުމެންގެ ތެރޭގައި އޮތް "ލައްބަ، ދުރުވުމުގެ" ބަހުރުވާ ގާތްގަޑަކަށް ފުހެވިގެން ހިގައްޖެއެވެ. ދެން މިވީ ގޮތަކީ "އާދެ، ވަޑައިގަތުމުގެ" ބަހުރުވާ އިން މުޚާޠަބު ކުރެވެން ފެށީ އެމީހެއްގެ އަމިއްލަ މަސައްކަތުން މުޖުތަމަޢުގެ، އެއީ ސަރުކާރުގެ ކަމުގައިވިޔަސް އަދި ނުވަތަ އަމިއްލަ ދާއިރާ ކަމުގައި ވިޔަސް، ވަކި ދަރަޖައެއް ޙާޞިލް ކުރާ މީހުންނަށެވެ. އެނޫން އެހެން މީހުންނަށް "ހޫ، އައުމުގެ" ބަހުރުވާ އެވެ. އަދިވެސް ތަންކޮޅެއް ކިޔާދޭން އުދަގޫ ގޮތެކެވެ. އެހެންވީމާ، އެންމެ ފުރަތަމަ އަޅުގަޑުމެން ނިންމަންވީ އަޅުގަޑުމެން މިހާރު މިއުޅޭ ފަދަ އެންމެން ހަމަހަމަ ޑިމޮކްރެޓިކް ވެށްޓެއްގައި ބަހުގެ ދެ ދަރަޖަ އޮންނަން ޖެހޭތޯއެވެ. އެކަކު އަނެކަކަށް "އާދެ، ވަޑައިގަންނަވަން" ކިޔައިގެން މުޚާޠަބު ކުރަން ނިންމިއަސް، އެކަކު އަނެކަކަށް "ހޫ، އަންނަން" ކިޔައިގެން މުޚާޠަބު ކުރަން ނިންމިއަސް، އަދި މިހާރުވެސް މި ގެންދާ ގޮތަށް ބަހުގެ ދެ ދަރަޖަ ބޭނުން ކުރިއަސް، ބަހުގެ ގަވާޢިދުތަކާއި ހަމަ އެންމެންނަށް އެގި އަޅުގަޑުމެންނަކީ ފިސާރި ރީތި ދިވެހި ބަހުން އެކަކު އަނެކަކާ މުޚާޠަބު ކުރާ ބަޔަކަށްވުމީ، އަޅުގަޑުމެންގެ ދިވެހިވަންތަ ޝަޙުޞިއްޔަތު ވަރަށް ރަނގަޅަށް ހާމަކޮށްދޭނެ ކަމަކަށް ނޫނީ ނުވެ ނުދާނެއެވެ.

      އަނެކާއަށް ރީތިކޮށް މުޚާޠަބު ކުރުމަކީ ތިމާގެ އަމިއްލަ ދަރަޖަ ދަށްވެގެންދާ ކަމެއްކަމުގެ ވިސްނުން އަޅުގަޑުމެންގެ ތެރޭގައި އުޅޭކަން އަޅުގަޑަށްވެސް އެގެއެވެ. އަޅުގަޑުގެ ސުވާލަކީ އެކަން އޮތީ އެހެންތޯއެވެ. އެހެން ބަސްތަކުން ވާހަކަ ދައްކާ އެހެން މުޖުތަމަޢުތަކުގައިވެސް މައިން ބަފައިންނަށް، މުޖުތަމަޢުގައި ވަކި ދަރަޖައެއް ޙާޞިލްކޮށްގެން ތިބޭ މީހުންނަށް، ތިމާއަށްވުރެ ދޮށީ މީހުންނަށް މުޚާޠަބު ކުރާއިރު އާދައިގެ ވާހަކަ ދައްކާ ބަހުރުވައަށްވުރެ ތަންކޮޅެއް މާތް ބަހުރުވާއަކުން މުޚާޠަބު ކުރާކަން އަޅުގަޑުމެންނަށް އެގޭ ނޫންތޯއެވެ؟ އެހެންވިއިރު އަޅުގަޑުމެންގެ ބަހުގައިވެސް އެފަދަ މީހުންނަށް އެގޮތަށް މުޚާޠަބު ކުރުމަކީ އަޅުގަޑުމެން އަމިއްލައަށް ދެރަވެގަންނަންވީ ކަމެއް ނޫނެވެ. އެއާ ޚިލާފަށް އެކަމުން ދައްކުވައިދޭނީ އަޅުގަޑުމެންގެ ޝަޚުޞިއްޔަތުގެ ހަރުދަނާ ކަމެވެ.

      ހަމަ އެފަދައިން އަޅުގަޑުމެންގެ ތާރީޚާ ޘަގާފަތަކީވެސް އަޅުގަޑުމެންގެ އަމިއްލަވަންތަ ޝަޚުޞިއްޔަތު ބިނާ ކުރުމަށް މުހިއްމު ކަންކަމެވެ. ތެދުފުޅެކެވެ. 1153 ވަނަ އަހަރުން ފެށިގެން ލިޔެފައިވާ ތާރީޚެއް އަޅުގަޑުމެންގެ އަތްމަތީގައި އޮތްނަމަވެސް އެ މަސައްކަތަކީ އެހާ ފަރުވާތެރިކޮށް ކުރެވިފައިވާ ކަމެއް ކަމަކަށް އަޅުގަޑަށް ގަބޫލް ކުރެވޭފަދަ ހެކިތަކެއް ލިބިފައެއް ނެތެވެ. އަދި ސަރުކާރުގެ ލިޔުންތައް ނައްތާލުމުގެ ގަވާޢިދުތަކާއި އުޞޫލުތައް ހަމަޖެހިފައި ވަރަށް ކުރިއްސުރެ ހުރި ގޮތުން މުހިއްމު ކިތަންމެ ކިތަންމެ ލިޔުންތަކެއް ނެތިގޮސް ނުވަތަ ހުންނަންވީ ތަންތަން ނޫން އެހެން ތަންތާގައި ހުންނާނެ ކަމާއިމެދު އަޅުގަޑަށް ޝައްކު ކުރެވެއެވެ. އެހެން ނަމަވެސް، އަޅުގަޑުމެންނަކީ ފަޚުރުވެރި ތާރީޚަކާއި ޘަގާފަތެއް އޮތް ބަޔެއް ކަމީ ހަމަ އެއްވެސް މީހަކަށް ޝައްކު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އިތުރު ހޯދުންތައް ހޯދައިގެންވެސް އެތާރީޚާ ޘަގާފަތު ނަގަހައްޓާ ދެމެހެއްޓުމަކީ މިއަދު ތިރިތިބިންގެ ވަރަށް މުހިއްމު ވާޖިބެއް ކަމުގައި އަޅުގަޑު ދެކެމެވެ.

      އަޅުގަޑުމެންނަކަށް އަޅުގަޑުމެންގެ ތާރީޚު ނުވަތަ މާޒީ ބަދަލެއް ނުކުރެވޭނެއެވެ. އިތުރު ހޯދުންތައް ހޯދައިގެންވެސް އަޅުގަޑުމެންނަށް ޖެހޭނީ ތާރީޚީ ޙަގީގަތްތައް ހޯދައި ކުރިޔަށް ނެރޭށެވެ. ނަމަވެސް ޘަގާފީ ބައެއް ކަންކަމަކީ ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ބަދަލު އަންނާނެ ކަންކަން ކަމުގައި އަޅުގަޑުވެސް ގަބޫލް ކުރަމެވެ. އަޅުގަޑުމެންގެ ވާޖިބަކީ އަޅުގަޑުމެންގެ ޘަގާފަތުގެ ވެސް އަޞްލުތައް ނެތި ގެއްލިދިޔަ ނުދީ ބެލެހެއްޓުމެވެ. އެކަންކަން ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް މިއަދުވެސް ހަމަޖެހިފައިވާ ކަމީ އަޅުގަޑު ވަރަށް ޝުކުރުވެރިކަމާއި އެކު ގަބޫލް ކުރާ ކަމެކެވެ. އާދެ، މިނިސްޓްރީ އޮފް ޓުއަރިޒަމް، އާރޓްސް އެންޑް ކަލްޗަރެވެ. އެމިނިސްޓްރީގެ ދަށުގައި ގެޒެޓް ކުރެވިފައިހުރި އެކިއެކި މުއައްސަސާ ތަކެވެ. ގަޢުމީ ޔުނިވަރސިޓީއެވެ. އެތަންތަނުން، އަޅުގަޑުމެންގެ ފަޚުރުވެރި ދިވެހި ބަހާއި، ތާރީޚާ ޘަގާފަތު ނަގަހައްޓާ ދެމެހެއްޓެވުމަށް ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމާއިމެދު އަޅުގަޑު ޝައްކެއް ނުކުރަމެވެ. އަޅުގަޑުގެ އުއްމީދަކީ ކުރިޔަށް އޮތްތާގާ މިގޮތުން އަޅުގަޑުމެން ކުރެވޭ މަސައްކަތްތައް އަޅުގަޑުމެން ރައްޔިތުންނަށްވެސް ފެނިގެން ރައްޔިތުންގެ ބައިވެރިވުމާއި އެކު ކުރެވޭތަން ފެނިގެން ދިޔުމެވެ.

      އަޅުގަޑުމެންގެ ފޮތްތެރިކަން ވަނީ އިތުރުކުރަން ޖެހިފައެވެ. ފޮތް ލިޔާ މީހުންނަށް އިތުރު ހިތްވަރު ދޭންޖެހެއެވެ. އަޅުގަޑުމެންގެ އަދަބީ ޖަމްޢިއްޔާތައް އިތުރު ހިތްވަރުދީ ނަގަހައްޓަން ޖެހެއެވެ. މުޅިންހެން އަމިއްލަ މަސައްކަތުން އުފެދި ކުރިއަރަމުން އަންނަ އަޅުގަޑުމެންގެ ފިލްމް އިންޑަސްޓްރީ އަށް އިންގިލާބީ ބަދަލުތަކެއް ވަނީ ގެންނަން ޖެހިފައެވެ. އެކަމަށްޓަކާ އިންޑަސްޓްރީ ފެންބޮވައިގެންފައިތިބި އެހީތެރިކަމާއި އެއްބާރުލުން ވަނީ ދޭންޖެހިފައެވެ.

      އެއްވެސް ޝައްކެއްނެތް ގޮތުގައި ޝަޚުޞިއްޔަތު ބިނާ ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާ ކުރަން ޖެހެނީ ޢާއިލާގެ މުއައްސަސާ އިންނެވެ. ބަދަހި ޢާއިލާތަކެއް އުފެދި ދެމި އޮތުމަކީ ހަރުދަނާ ޞަޚުޞިއްޔަތެއްގެ ވެރި ބަޔެއްގެ މައްޗަށް އެކުލެވިގެންވާ ބަދަހި މުޖުތަމަޢެއްގެ އެންމެ މުހިއްމު އަސާސެވެ. އެހެންކަމުން ބަދަހި ޢާއިލާ ތަކަކާ ދިމާލަށް ދަތުރު ކުރުމަށް އަޅުގަޑުމެން މިވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހިފައެވެ. ހުރިހާ މަންމައިންނާއި ހުރިހާ ބައްޕައިންނަކީ ތަޢުލީމާ ތަޖުރިބާގެ ގޮތްގޮތުން އަދި ހޭލުންތެރި ކަމުގެ ގޮތުން ވިޔަސް އެއްވަރުގެ ބައެއް ނޫނެވެ. އެހެންކަމުން، އެމީހުންގެ ޢާއިލާތައް ހެޔޮ ގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މުޖުތަމަޢުން އެމީހުންނަށް ލިބިދޭން އެބަ ޖެހެއެވެ. ހަމަ އެފަދައިން ކޮންމެ ޢާއިލާ އެއްގެވެސް ގޭތެރޭގެ ދިރިއުޅުމަކީ ބަދަހި ދިރިއުޅުމަކަށް ހެދުމަށްޓަކައި އެ ޢާއިލާއެއް އަމިއްލަ އަށާއި އަދި މުޖުތަމަޢުން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވޭނެ މަގުތައް ތަނަވަސް ވެފައި އޮންނަންވެސް އެބަޖެހެއެވެ. ގައުމުގެ މައިންބަފައިންނާއި މުޖުތަމަޢުގެ ލީޑަރުންނަކީ ބޮޑެތި ވަމުން އަންނަ ގައުމުގެ ކުޑަކުދިންނަށާއި ޒުވާނުންނަށް ހުރިހާ ގޮތަކުންވެސް ރިވެތި މިސާލު ދައްކައިދޭ މީހުންނަށް ވެގެން ނޫނީ އަޅުގަޑުމެންގެ ގައުމީ މަގުޞަދު ޙާޞިލް ކުރާނީ ކިހިނަކުންތޯއެވެ. ދިވެހި ގައުމީ ޝަޚުޞިއްޔަތު ބިނާ ކުރާނީ ކިހިނަކުންތޯއެވެ؟

      މި މުހިއްމު ވާޖިބު އަދާ ކުރުމަށްޓަކައި ފަރުވާތެރި ކަމާއިއެކު އަޅުގަޑުމެން އެންމެން އަތުކުރި އޮޅާލަމާތޯއެވެ؟ އަޅުގަޑުމެންގެ ޢާއިލާތަކުންނެވެ. އިޖުތިމާޢީ ޖަމްޢިއްޔާ ތަކުންނާއި ސިވިލް ސޮސައިޓީއިންނެވެ. ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލް ތަކުންނެވެ. އަމިއްލަ ކުންފުނި ތަކާއި ސަރުކާރުގެ މުއައްސަސާތަކުންނެވެ. އިސްތިސްނާ އެއްނެތި ހުރިހާ މީޑިއާ އެއް އަޑަކުން، އެއް ގަލަމަކުން، އެއް އަމާޒަކަށެވެ. އާދެ، ފުރަތަމަވެސް ގައުމެވެ. ދެންވެސް ގައުމެވެ. އަބަދުވެސް ގައުމެވެ! (ނުނިމޭ)   

7 comments:

  1. Sir, aren't you no ashamed to sit in a front row seat of the PPM gathering, when Red Wave Saleem and Umar Naseer address you? Do you feel it perfectly okay when someone stands in the podium and tell all that our National Team lost the Semi Finals because the President did not say "iraadha kurevviyya" in a speech? I am asking this because what you write in your blog and what these people talk in these gatherings doesn't match. You don't not see anything wrong with this type of uncivilised politics? Using religion as a political tool?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Unknown Sir. First of all I do not believe that your intentions are sincere as you are speaking to me from under a cover. Secondly, we must agree that we are now living in a pluralistic political society, and anyone who has an interest in the politics of our country, must take a side. I have taken my side for reasons which I do not want to state here, and I will participate in the activities of my side, as much as I can. It does not mean that I support and agree with everything that goes on in those activities. But I believe that I can only contribute to correct them by participating. And whether you believe it or not my intention is to correct them. I cannot do it by standing aside. Thirdly, had I sat on the front bench of the other side, someone or some people from that side also would have performed in the same manner as Umar Naseer and Red Wave Saleem, and the same adverse comment would have reached me from this side. That is the state of politics and society in our country, and you and me and each one of us must participate and try to correct those fault lines in our society. Fourthly, may I politely ask you, even if you do not want to expose your identity, which political affiliation do you embrace? Thank you sir.

    ReplyDelete
  4. Sir,

    Thanks for the reply. It is unfair to question my intention just because my comment doesn't carry a name with it! I could have easily created a fake name, but I chose not to.

    I do not belong to any political party nor will I sign for any. I am fed up with our selfish dirty & uncivilised politics (from all sides). The extent our political parties are going, just to gain political support is totally unacceptable to me. Including using religion as a political tool. It disgusts me that non of them cares about our future or the price we are, and will have to pay down this road. I do not believe we have politicians (at least not in the front line) who genuinely cares about the country.

    I had a lot of respect to you, because I have not (at least not that I know of) seen you engage in this low level dirty politics of our country. To see you sitting in the front line & clapping your hands to Red Wave Saleem and Umar Naseer's speech yesterday was extremely disappointing. I had some hope on a few people like you, Ismail Shafeeu etc.

    Thank you.

    A

    ReplyDelete
  5. Unknown Sir,

    Thank you for your frank opinion. I respect it. But I will not stay away. I will stay involved and strive to the end. And frankly I don't believe that you are an impartial observer. But, thanks.

    ReplyDelete
  6. Thanks. Why would you think I am not impartial? Is it because I did not mention Reeko Moosa, Thimarafushee Mustafa or Adhaalath's name here? Yes they aren't any different. I do not support them either! But you would not be sitting in a gathering with them and clapping your hands to their blabber? So no point raising those names here. But yes, you have every right to be involved as much as you wish. Good luck Sir, and all the best!

    ReplyDelete
  7. Unknown Sir,

    Thank you for giving me space.

    ReplyDelete